އިތުރު ފަސް މީހަކު އަނެއްކާވެސް މިއަދު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެއެޖެއެވެ.
އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒެވެ.
ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 250 މިހާރުވަނީ އަރާފައެވެ.
މީގެތެރޭގައި ހިމެނެނީ 99 ދިވެހިންނާއި، 151 ބިދޭސީންނެވެ.