ދަރުމަވަންތަ ހޮސްޕިޓަލް، ޑީއެޗް 11 ގައި މިހާރު ކޮވިޑް 19 ގެ 3 މީހަކަށް ފަރުވާ ދެމުން ގެންދާ ކަމަށާއި އެއިގެ ތެރޭގައި ހިމެނޭ ޕާކިސްތާނު މީހަކަށް އޮކްސިޖަން ދެމުން ގެންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
ޑީއެޗް 11 ގައި ފަރުވާދެމުން ގެންދަނީ ކުރިންވެސް ފަރުވާދެމުން އައި 80 އަހަރުގެ ދިވެހި މީހާގެ އިތުރުން 48 އަަހރުގެ ޕާކިސްތާނު މީހަކަށާއި 68 އަހަރުގެ ދިވެހި އަންހެނަކަށެވެ.
ޑީއެހް 11 ގައި ކުރިން ފަރުވާދެވުނު 70 އަހަރުގެ އިޓަލީ މީހަކަށްވެސް އޮޖްސިޖަން ދޭންޖެހުނެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު އޭނާއަށް ވަނީ ޝިފާ ލިބި އަނބުރާ ޤައުމަސް ގޮސްފައެވެ.
ޑީއެޗް 11 ގައި ފަރުވާ ދެނީ ތަފާތު ސަބަބުތަކާއިހުރެ ގާތުން ބަލަހައްޓަން ޖެހޭ ބަލިމީހުންނެވެ.