ކޮރޯނާ ވައިރަސްއަށް ފަރުވާދޭން ރާއްޖެއިން ބޭރުން އެހީ ހޯދަންޖެހޭނީ ދިވެހި ޑޮކްޓަރުންނާއި ސިފައިންނަށާއި ފުލުހުންނަށް ނުވީމައި ކަމަށް ޓޫރިޒަމް މިނިސްތަރުނ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ވަހީދު ވިދާޅުވީ ބަލި މިވަނީ ވަރަށް މައްޗަށް ގޮސްފައި ކަމަށާއި ކަންކަން ދަނީ މެނޭޖްކުރެވެމުން ކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ ފްރޮންޓްލައިނުގަ މަސައްކަތްކުރާ އެންމެންނަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގައި ހުންނާނެ ކަމަށާއި ފޯރުކޮށްދެމުން ވެސް ގެންދާނެ ކަމަށެވެ. ރާއްޖޭގެ ފެންވަރުން ރާއްޖެއިން ވަނީ މުހިންމު ފިޔަވަޅުތައް އަޅާފައި ކަމަށެވެ.