ކޮރޯނާއަށް ތައްޔާރުވާން ފަސްސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާ ޚަރަދުކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ކޮރޯނާއަށް ތައްޔާރުވާން ފަސްސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާ ޚަރަދުކޮށްފި!

ކޮރޯނާ ވައިރަސް އިން ސަލާމަތްވެ ރައްކައުތެރިވުމަށް ތައްޔާރުވާން މިހައިތަނަށް ކުރެވުނު ކަންކަމަށް 560 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް ވިދާޅުވީ މީގެ ތެރޭގައި ކުރިއަށް އޮތް 10 މަސް ދުވަހު ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރަން އެސްޓީއޯއަށް އަނބުރާ ދައްކާ ގޮތަށް ދޫކޮށްފައިވާ 84 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.  އަދި މިފައިސާގައި ނެޝެނަލް ޑިޒާސްޓާ އޮތޯރިޓީގެ ޓްރަސްޓް ފަންޑުގައި ހުރި 64 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މީގެ ތެރެއިން 11 މިލިއަން ރުފިޔާ އަކީ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ފައިސާ ކަމަށާއި އަދި ހެލްތު މިނިސްޓްރީ އާއި އެންޑީއެމްއޭގެ ބަޖެޓުން ވަނީ 386 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. 

މަބްރޫކްވިދާޅުވީ ވުިލަވަރާއި ވެލިދޫ އަދި ހުޅުމާލެ ކަރަންޓީނު ފެސިލިޓީ ތަރައްޤީކުރަންވެސް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރެވިފައިވާ ކަމަށެވެ.

މިއަދު އޮންލައިން