ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެ ރާއްޖޭގައި ފަރުވާދެވެމުންދާ ބިދޭސީންގެ އަދަދު ވަރަށް ބޮޑުތަނުން ގިނަވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ މިހައިތަނަށް 191 މީހުން ޕޮޒިޓިވްވެފައިވާއިރު އެއިގެ ތެރޭގައި 78 ދިވެހިންނާއި 113 ބިދޭސީން ހިމެނޭ ކަމަށެވެ.
މިހައިތަނަށް ބަލިން 17 މީހަކު ރަނގަޅު ވެފައިވާ ކަމަށާއި ފަރުވާ ކުރެވެމުން ދަނީ 172 މީހަކަށް ކަމަށެވެ. މީގެ ތެރެއިން 2 މީހަކު ވަނީ ފުރައިފައެވެ.