އިތުރު 11 މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ މިއަދު ޕޮޒިޓިވްވި މީހުން އަދަދު ސާޅީސް ހަތަކަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އިތުރު 11 މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ މިއަދު ޕޮޒިޓިވްވި މީހުން އަދަދު ސާޅީސް ހަތަކަށް!

އިތުރު 11 މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ މި ބައްޔަށް އެންމެފަހުން ޕޮޒިޓިވް ވެފައިވަނީ ބަންގަލަދޭޝް 9 މީހަކާއި، އިންޑިއާ މީހަކާއި، އަދި ދިވެއްސެއް ކަމަށެވެ.

މިއާއެކު މިއަދު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުން އަދަދު ވަނީ 47 އަށް އަރާފައެވެ. މިއީ އެއް ދުވަހެއްގައި މިހާ ގިނަ ބަޔަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ރާއްޖެއިން މި ވައިރަސްއަށް ޕޮޒިޓިވް މީހުންގެ އަދަދު މިހާރު ވަނީ 188 އަށް އަރާފައެވެ.

މިއަދު އޮންލައިން