ރަމަޟާން މަސް ފެށިގެން ކުރިއަށް މިދަނީއެވެ. ފެށެން ކައިރިވެގެން އައިއިރު ވާނީ ރަމަމާންމަަހަސްޓަކައި ހިތް ޠޯހިރުކުރުމުގެ ވާހަކަތައް ވަރަށް ގިނައިން ދެއްކިފައެވެ.
ރަމަޟާން މަަހށްޓަކައި ހިތް ސާފުކުރެވުނުކަން ކަށަވަރުކުރާށެވެ! ހިތް ސާފުކުރުމަކީ ހިތުގައި ހުރި ބުރަތައް ފިލުވައިލުމެވެ. އެއްވެސް މީހަކާއިމެދު ހިތްބުރަކަމެއް ނުބޭއްވުމެވެ. މީސްމީހުންނާއިމެދު އުފެދިފައިވާ އުދާސްތައް ބޭރުކޮށްލުމެވެ. އެކަންކަމަށް މަޢާފްކޮށްފައި ހިތް ސާފުކޮށްލުމެވެ. އެންމެންނަށްވެސް ހިތްހެޔޮކުރުމެވެ.
ޚާއްޞަކޮށް އެމީހެއްގެ ޢާއިލާގެ މީހަކަށް އެއްވެސް ހިތް ބުރަކަމެއް ނުބާއްވާށެވެ. އަނިބިމީހާއަށް ވެސް ފިރިމީހާއަށް ވެސް އަދި ޢާއިލާގެ އެއްވެސް މީހަކަށް އެއްވެސް ހިތްބުރަކަމެއް ނުބާއްވާށެވެ. ހުރިހާ ކަމަކަށް މަޢާފްކުރާށެވެ. އެހެނީ ރޯދައަށް ހުންނައިރު މިފަދަ ކަންކަމަށް ވިސްނުމަކީ ރޯދައިން ބައެއް އުނިވެގެން ހިނގައިދާނެ ކަމަކަށްވާތީއެވެ. ޚާއްޞަކޮށް ހަސަދަވެރިކަމުންނެވެ.
އަހަރެމެންގެ ހިތްތައް ފެނުން ދޮވެ ސާފުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހިތް ސާފުކުރެވޭނީ އަހަރެމެންގެ އަމަލުތަކުންނެވެ.
މިކަންކަމާއިއެކު ރަމަޟާން މަސް ކާމިޔާބުކުރަން އިތުރު ހިތްވަރާއިއެކު ހިތުގައި ޢަޒުމް ކަނޑައަޅަން ޖެހެއެވެ. އަދި އެ އަޒުމް ތަންފީޒުކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. ރަމަޟާން މަހަށް ހިތް ތައްޔާރުކުރުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން