މާބަނޑު އަންހެނުންގެ ފަނަރަ އިންސައްތަ ކޮރޯނާއަށް ޕޮޒިޓިވްވެދާނެ ކަމަށް ބެލެވޭ!: ޑރ. އަސީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މާބަނޑު އަންހެނުންގެ ފަނަރަ އިންސައްތަ ކޮރޯނާއަށް ޕޮޒިޓިވްވެދާނެ ކަމަށް ބެލެވޭ!: ޑރ. އަސީލް

މާބަނޑުވާ އަންހެނުންގެ 15 އިންސައްތަ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެދާނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މިއަދަދަކީ ޑޮކްޓަރުން ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް މަސައްކަތްކޮށްފިނަމަ މަދުކުރެވިދާނެ ޢަދަދެއް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އަސީލް ވިދާޅުވެއްޖެއެވެ. 

އަންހެނުންގެ ސްޕެޝަލިސްޓް ޑޮކްޓަރ ޑރ.އަސީލް ޖަލީލް މިރޭ ވިދާޅުވީ ފާއިތުވި 2 އަހަރަށް ބަލައިފިނަމަ ވިހާ ޢަދަދަކީ 6915 ކަމަށާއި މީގެ ތެރެއިން 15 އިންސައްތަ އަންހެނުންނަށް ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި މިކަމަށް ބަލައި ޙާލަތު ސީރިއަސްވެދާނެ ކަމަށް އަދަދުތަކެއް އަންދާޒާވެސް ކޮށްފައި އެބަހުރި ކަމަށެވެ. 

ޑރ. އަސީލް ވިދާޅުވީ ހޮސްޕިޓަލަށް ދާ މާބަނޑު އަނހެނުންނަށާއި އެމީހުންގެ ޢާއިލާތަކަށް ބަލިން ރައްކައުތެރިވުމާއި ބެހޭ މައުލޫމާތު މިހާރުވެސް ދެވެމުން ގެންދާ ކަމަށާއި އެނަޞޭޙަތްތައް ބަލައިގަނެ އަމަލުކުރާ ކަމަށްވެސް ޤަބޫލު ކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން