ކާގޯ ފްލައިޓްތަކުގަ މީހުންނަށްވެސް ދަތުރުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކާގޯ ފްލައިޓްތަކުގަ މީހުންނަށްވެސް ދަތުރުކުރެވޭނެ!

ރާއްޖެތެރެއަށް ބޭރުންވާ އަސާސީ ތަކެތި ހިފައިގެން ދަތުރުކުރަން ހަމަޖެހިފައިވާ ކޯގޯ ފްލައިޓްތަކުގައި ވަކި އަދަދަކަށް ގޮނޑި ހުންނާނެ ކަމަށާއި ސަރަހައްދުތަކަށް ދަތުރުކުރަން ޖެހޭ މީހުންނަށް ދައުލަތުގެ އިދާރާތަކުން ކަނޑައަޅާ އުޞޫލުގެ ތެރެއިން ދަތުރުކުރެވޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

ކާގޯ ފްލައިޓްތަކެއް ބާއްވަން ނިންމާފައިވަނީ އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލު ކުރަން އެހީވުމުގެ ގޮތުންނެވެ. ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް މިރޭ ވިދާޅުވީ އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލު ކުރަން މޯލްޑިވިއަން އިން ކޮންމެ ދުވަހަކު ވެސް ޑޮމެސްޓިކް ހުރިހާ އެއާޕޯޓްތަކަށް ދަތުރުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ދަތުރުތަކުގައި އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަދި އެހެނިހެން ބާވަތްތައް ގެންދާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކައުންސިލްތަކުން އެ ރަށްރަށައް ބޭނުންވާ ތަކެތީގެ ލިސްޓް އެލްޖީއޭއަށް ހިއްސާ ކުރުމުން އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން އެ ދަތުރުތައް އިންތިޒާމް ކުރަމުން ދާނެ ކަމަށެވެ.

މިއަދު އޮންލައިން