ކެންސަރު ބައްޔަށް ފަރުވާދޭން ޖެހޭ 7 މީހަކު އައްޑޫ ސިޓީގައި އެބަ ތިބި ކަމަށާއި އެއިގެ ތެރެއިން 4 މީހަކަށް ބޭނުންވާ ފަރުވާ ދޭނެ ސާމާނު އައްޑު ސިޓީއަށް ފޮނުވަން މަސައްކަތްކުރަމުން ގެންދާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ 7 މީހުންގެ ތެރެއިން 3 މީހަކު ފަރުވާ ދިނުމަށް މިހާރު މާލެ ގެނެވިފައިވާ ކަމަށެވެ.
ކެންސަރު ބަލި ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ގެންދާ ގިނަ ބައަކު ރާއްޖެތެރޭގައި އެބަތިބިކަން ފާހަގަކުރެވެއެވެ. މުޅި ރާއްޖެ މިވަގުތު ލޮކްޑައުންގެ ޙާލަތުގައި އޮތުމުން މިވަގުތު ވަނީ ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައެވެ.