އަބަދު ލޮކްޑައުންގެ ޙާލަތަކު ނުތިބެވޭނެ ކަމަށާއި ލޮކްޑައުންގެ ޙާލަތުން ކަންކަން ނެގި ނަމަވެސް ދިގުމުއްދަތަކަށް ބަލަހައްޓަން ޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
ޑރ. އަފްޒަލް މިރޭ ވިދާޅުވީ ކޮރޯނާ ކެޖުނު ނަމަވެސް ޢަލާމާތްތައް ފެންނަ މީހުންގެ ކިބައިން ވެސް ޢަލާމާތްތައް ފެނުމަށް 2 ދުވަހާއި 14 ދުވަހުގެ މުއްދަތެއް ނަގާ ކަމަށެވެ. އަދި ބައެއް މީހުންގެ ކިބައިން ޢަލާމާތް ނުފެނިވެސް ތިބޭ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުން ނިމުމަކަށް ގެނައި ނަމަވެސް ކުރީގެ ޢާންމު ޙާލަތަށް ދިއުމަށް ވަރަށް ދުވަސްތަކެއް ނަގާނެ ކަމަށެވެ. އެހެންކަމުން ކޮރޯނާ އާއިއެކު އުޅެން ދަސްކުރަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ބައްޔާއިމެދު ރައްކައުތެރިވެ