ބަލި ބޮޑުވަންދެން މަޑުނުކޮށް އައިޖީއެމްއެޗަށް ދާން އެދިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ބަލި ބޮޑުވަންދެން މަޑުނުކޮށް އައިޖީއެމްއެޗަށް ދާން އެދިއްޖެ!

ކޮރޯނާ ވައިރަސް އާއި ގުޅިގެން އައިޖީއެމްއެޗުން ދެމުން ޚިދުމަތްތައް ދިނުމަށް ބަދަލލުތަކެއް ގެނެސްފައިވީނަމަވެސް ބަލިޙާލު ބޮޑުވާ ކޭސްތަކުގައި ބަލި ޙާލު ބޮޑުވަންދެން މަޑުނުކޮށް އަވަހަށް އައިޖީއެމްއެޗަށް ދިއުމަށް ޑރ. މުރާދު ވިދާޅުވެއްޖެއެވެ.

ޑރ. މުރާދު ވިދާޅުވީ އައިޖީއެމްއެޗުން އެމްބިޔުލާންސް ފޮނުވައިދޭނެ ކަމަށާއި ޙާލަތު ބޮޑު ނަމަ އަމިއްލައަށް އައުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑރ. މުރާދު ވިދާޅުވީ ޑައިލިސިސް ފަދަ ޚިދުމަތްތައް މިހާރުވެސް ދެމުން ގެންދާ ކަމަށާއި އައިޖީއެމްއެޗްގައި ކޮރޯނާ ވައިރަސް އަށް ވެސް ފަރުވާ ދެމުން ގެންދާތީ ބައެއް ދަތިތައް ހުރި ނަމަވެސް ބަލި މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

 

މިއަދު އޮންލައިން