ޕޮޒިޓިވްވި ސާދަ މީހުންނަކީ ޓީމްތައް ގޮސް ސާމްޕަލް ނެގިތަނަކުން ޕޮޒިޓިވްވި ބައެއް!: ޑރ. ނަޒްލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ޕޮޒިޓިވްވި ސާދަ މީހުންނަކީ ޓީމްތައް ގޮސް ސާމްޕަލް ނެގިތަނަކުން ޕޮޒިޓިވްވި ބައެއް!: ޑރ. ނަޒްލާ

ކޮރޯނާއަށް ޕޮޒިޓިވްވިކަން މިރޭ އިއުލާނުކުރި 14 މީހުންނަކީ މެޑިކަލް ޓީމްތައް ޒިޔާރަތްކޮށް ބަލި ހުރިތޯ ބަލަން ކުރިު މަސައްކަތުގެ ތެރެއިން އެއްތަނަކުން ޕޮޒިޓިވްވި 14 މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބިދޭސީން އެއްކޮށް ދިރިއުޅޭ ވަރަށް ގިނަ ތަންތަން ވަނީ ފާހަގަކުރެވިފައި ކަމަށާއި އެ ތަންތަނަށް މެޑިކަލް ޓީމްތައް ގޮސް ބަލި ހުރިތޯ ބަލަމުން ގެންދާ ކަމަށެވެ. "އެއިގެ ތެރެއިން ޕޮޒިޓިވް ވި 14 މީހުންގެ ވާހަކަ އަޅުގަނޑު ދެންމެ ވެސް މި ދެއްކީ. އެ މީހުން ދިރިއުޅޭ ތަންތަނަށް ގޮސް ސްކްރީންކުރަމުން ދަނީ."

މިރޭގެ ޕްރެސްގައި އެއީ ކޮން ޤައުމެއްގެ މީހުންކަން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން