ބަލި ފެތުރުން ކޮންޓްރޯލްކުރަން ހެދޭނެ ޖާދޫއެއް ނެތް! ހަމައެކަނި ރައްޔިތުން އަމަލުކުރުން އޮތީ!: ޑރ. ންޒްލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބަލި ފެތުރުން ކޮންޓްރޯލްކުރަން ހެދޭނެ ޖާދޫއެއް ނެތް! ހަމައެކަނި ރައްޔިތުން އަމަލުކުރުން އޮތީ!: ޑރ. ންޒްލާ

ކޮރޯނާ ބަލި ފެތުރުން ކޮންޓްރޯލްކުރަން ހެދޭނެ ޖާދޫއެއް ނެތް ކަމަށާއި އޮތީ ހަމައެކަނި ޑޮކްޓަރުން ދެމުން ގެންދާ އިރުޝާދުތަކަށް ރައްޔިތުން އަމަލުކުރުން ކަމަށް ޑރ. ންޒްލާ ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލި ކޮންޓްރޯލްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ދަނީ ކުރެވެމުން ކަމަށާއި އެގޮތުން ލިބޭ މައުލޫމާތަށް ބަލައިގެންނާއި ފްލޫ ކްލިނަކަށްދާ މީހުން ޓެސްޓްކުރެވެމުން އަންނަ ކަމަށެވެ. އަދި ގިނައިޮން ބަންގްލަދޭޝް މީހުން ދިރިއުޅޭ ތަންތަނަށް ގޮސް ސާމްޕަލް ނަގައިގެންވެސް ޓެސްޓް ކުރެވެމުން އަންނަ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނުކުތުމާއި ކިރިޔާވެސް ޢަލާމާތެއް ހުރި ނަމަ އަވަހަށް ރިޕޯތްކުރުމާއި ރިޕޯޓްކުރުމަށްފަހު އަވަހަށް އެކަހެރިވުމާއި ގެއިން ބޭރުގައި އުޅެފައި ގޮސް ލިފްޓްގެ ބަޓަން، ދޮރުގެ އަތްގަނޑު ފަދަ ތަންތަނުގައި ހިފުމުގެ ކުރިން ސެނިޓައިޒަރުން އަތް ށާފުކުރުމާއި އަތް ދޮވުން ގިނަކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ލޮކްޑައުންގެ ޙާލަތުގައި މީހުންނާއި ބައްދަލުނުކުރުމާއި ރައްޓެއްސެއްގެ ކިބައިން ކުޑަ ނަމަވެސް ޢަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ރިޕޯޓްކުރަން ހިތްވަރުދިނުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މިއަދު އޮންލައިން