މި ހިތާމައިގެ ދަނޑިވަޅުގައިވެސް، ރަމަޟާން މަސް ބައްދަލުކުރިކަމީ، މިކަމުން އަރައިގަތުމަށް ﷲ މެދުވެރިކޮށްދެއްވެވި މަތިވެރި ނަސީބެއް! ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
މި ހިތާމައިގެ ދަނޑިވަޅުގައިވެސް، ރަމަޟާން މަސް ބައްދަލުކުރިކަމީ، މިކަމުން އަރައިގަތުމަށް ﷲ މެދުވެރިކޮށްދެއްވެވި މަތިވެރި ނަސީބެއް! ރައީސް

މި ހިތާމައިގެ ދަނޑިވަޅުގައިވެސް، ރަމަޟާން މަސް ބައްދަލުކުރި ކަމީ، މިކަމުން އަރައިގަތުމަށް اللهُ سُبْحَانَهُ وَتَعَالَى މެދުވެރިކޮށްދެއްވި މަތިވެރި ނަސީބެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށާއި، އިސްލާމްދީންވެސް ބާރުއަޅަނީ، އީމާންތެރިކަން ވަރުގަދަކޮށް ކެތްތެރިވެ، ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ޙަޟްރަތުން މަދަދާއި ވާގިވެރިކަމަށް އެދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާޞަބަތުގައި ޚަބަރު ފަތުރާ ފަޞީލަތްތައް މެދުވެރިކުރައްވައި މިރޭ ދެއްވި ޚިޠާބުގައި އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ކޯވިޑް19 ގެ ބަލިމަޑުކަމާއި ގުޅިގެން ދިރިއުޅުމުގެ ޢާންމު ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާވާލައްވައި ވާހަކަފުޅު ދައްކަވްމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ރަމަޟާން މަސް ބައްދަލުކުރި މި ދުވަސްވަރަކީ، މިއިން ޒަމާނެއްގައިވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިޙާނަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައިކަމަށެވެ. 

ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު މި ދަތިކަން ތަޙައްމަލުކުރުމަކީ، މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގުކަމަށާއި ރާއްޖެއިން ”ކޮވިޑް19“ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ، އިޤްތިޞާދީ ޙަރަކާތްތައް ވެސް ނުފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، މި އުނދަގޫ ދަތި ޙާލަތުގައިވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަން ކާމިޔާބު ކުރުމުގައި ރައްޔިތުންގެ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް، އެންމެ ފުރިހަމައަށް އިޤްތިޞާދުކޮށް، އިސްރާފުކުރުމާ މިވަގުތު މުޅިން ދުރުހެލިވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ބޭކާރު ޚަރަދުތައް ހުއްޓާލުމާއި ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ ހަރުލެއްވުމަށް، މި ޙާލަތުގެ ބޭނުން ހިފުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މިދުވަސްކޮޅު ގިނަބަޔަކު ގެއިން ނުނިކުމެ ތިބެން ޖެހުނަސް، އެހުރިހާ އެންމެންގެ ޙައްޤުގައި ޢާއިލާއާއި ގާތްތިމާގެ މީހުންނާ ވަކިންތިބެ، ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، ޑެލިވަރީގެ ޚިދުމަތް ދޭ މީހުންނާއި، އެނޫންވެސް ކިތަންމެ ބަޔަކު، ކުރަމުން އެދަނީ، އަޅުގަނޑުމެންނަށް އެކަންކަމުގެ އަގު އަދާކުރެވޭ ވަރަށްވުރެ މަތިވެރި ޚިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ އަޅުގަނޑުމެން އެންމެނަށް މި މައްސަރުގެ މަތިވެރި ޘަވާބާއި ދަރުމަ މިންވަރުކޮށްދެއްވުމަށާއި އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ اللهُ سُبْحَانَهُ وَتَعَالَى ދުޢާ ދަންނަވަމުންނެވެ.

މިއަދު އޮންލައިން