ސީއެސްސީގެ ރައިސް އާއި 3 މެންބަރުން މަގާމުން ވަކިކުރަން ކޮމިޓީއިން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ސީއެސްސީގެ ރައިސް އާއި 3 މެންބަރުން މަގާމުން ވަކިކުރަން ކޮމިޓީއިން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައިސް އާއި 3 މެންބަރުން މަގާމުން ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފިއެވެ.

ކޮމިޓީއިން މިއަދު ފާސްކޮށްފައިވަނީ ސީއެސްސީ ގެ ޑރ. ޝަމީމްގެ އިތުރުން، ނައިބު ރައީސް ޝަހީދު މުހައްމަދާއި ކޮމިޝަން މެންބަރު އަލްއުސްތާޛް ޒަކަރިއްޔާ މުހައްމަދު އަދި އިބްރާހިމް ޝަހީގު މަގާމުން ވަކިކުރުމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ހަތަރު މެމްބަރުން ވަކިކުރަން ފާސްކުރީ މިބޭފުޅުންގެ ކިބައިގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ކޮމިޓީއަށް ފެނުމުންނެވެ. މިބޭފުޅުން ވަކިކުރުމަށް ކޮމިޓީއިން ފާސްކުރީ ބައްދަލުވުމަށް ހާޒިރުވި ފަސް މެމްބަރުންގެ އިއްތިފާގުންނެވެ. 

މި ހަތަރު މެންބަރުން ވަކިކުރުމަށް ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފެވެ. އަދި ތާއީދު ކުރައްވާފައިވަނީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމެވެ. 

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަގާމުން ވަކިކުރުމަށް ނިންމި ހަތަރު މެންބަރުން މަޤާމުން ވަކިވާނީ، ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވައި މެންބަރުންގެ ވޯޓުންނެވެ.

 

މިއަދު އޮންލައިން