ކޮރޯނާ ވައިރަހާ ގުޅިގެން ކަރަންޓިނުކުރާ މުވައްޒަފުންނަށް ސީސެސްސީ އިން ހާއްސަ ޗުއްޓީއެއް ދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ކޮރޯނާ ވައިރަހާ ގުޅިގެން ކަރަންޓިނުކުރާ މުވައްޒަފުންނަށް ސީސެސްސީ އިން ހާއްސަ ޗުއްޓީއެއް ދެނީ

ކޮރޯނާ ވައިރަހާ ގުޅިގެން ކަރަންޓިނުކުރާ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.

މިކަމާގުޅިގެން އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރޯގާއާ ގުޅިގެން ކަރަންޓީނު ކުރެވޭ މުވައްޒަފުން ކަރަންޓީނު ކުރެވިފައި ހުންނަ މުއްދަތުގައި އޮފީހަށް ހާޒިރުނުވެވޭނެތީ، އެ ދުވަސްތަކަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސީއެސްސީން ބުނެފައިވަނީ ޗުއްޓީގެ ކަންތައްތައް ހަމަޖެއްސުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާކަމަށެވެ.

މިއަދު އޮންލައިން