ދަރުސް ދެއްވަން މުފްތީ މެންކް އައްޑުއަށް ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ދަރުސް ދެއްވަން މުފްތީ މެންކް އައްޑުއަށް ވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީގެ ދައުވަތަކަށް ރާއްޖެވަޑައިގެން އުޅުއްވާ ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް ދަރުސް ދެއްވަން އައްޑޫ  ސިޓީއަށް ވަޑައިގެންފިއެވެ. 

މުފްތީ މެންކް މިރޭ ދަރުސް ދެއްވާނީ ހިތަދޫ ނޫރާނީ ސްކޫލްގައި މިރޭ 8:15 ގައެވެ. މާދަމާ ރޭ ދަރުސް ދެއްވާނީ ކުޅުދުއްފުށި ސިޓީގައެވެ. 

މުފްތީ މެންކް ރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ދެއްވި ދަރުސްއަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.

 

މިއަދު އޮންލައިން