ޝައިޚް ޢަލީ ޒައިދު މޭޔަރު ޝިފާއަށް!: އޮތީ ނިޢްމަތަށް ޝުކުރުވެރިވުން! ﷲ ހުއްދަ ނުކުރައްވަވާ ކަންކަން ކުރުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ޝައިޚް ޢަލީ ޒައިދު މޭޔަރު ޝިފާއަށް!: އޮތީ ނިޢްމަތަށް ޝުކުރުވެރިވުން! ﷲ ހުއްދަ ނުކުރައްވަވާ ކަންކަން ކުރުމެއް ނޫން!

"ކިތަންމެ ބޮޑު އިންތިޚާބަކުން ކިތަންމެ ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، އެކަން ފާހަގަކުރަން ނަމަވެސް، ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ނުވާ އެއްވެސް ކަމެއް ކުރުމަކަށް ހުއްދައެއް ނުލިބޭނެއެވެ. މާތް ﷲ ހުއްދަ ކުރައްވާފައި ނުވާ ކަމެއް ކޮށްފިނަމަ އެކަން ވާނީ ހަމަ މާތް ﷲ ހުއްދަ ނުކުރައްވަވާ ކަމެއް ކުރި ކަމަށެވެ. 

އަދި ކީއްތޯއެވެ! މާތް ﷲ ނިޢްމަތެއް މިންވަރު ކުރައްވަވައިފިނަމަ އޮތީ ޝުކުރުވެރިވުމެވެ. ކުރަންވާނީ މާތް ﷲ ރުއްސަވާ ކަންކަމެވެ. މަސައްކަތް ކުރަންވާނީ އެކަލާނގެއަށް ކުއްތަންވުމަށެވެ."

- ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދު މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވުމާއި ގުޅިގެން ބޭއްވި ޙަފްލާއެއް ކަމަށް ބެލެވޭ ޙަރަކާތެއްގައި މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ހިލޭ ފިރިހެނުންނާއިއެކު "ޑާންސް" ކުރައްވާ ވީޑިއޯއެއް ޢާންމުވުމުންނެވެ.

 

މިއަދު އޮންލައިން