ދޮށީ އުމުރުގެ މީހުންނާބެހޭ ޤައުމީ އެކްޝަން ޕްލޭން މެޑަމް ފަޒްނާ އިފްތިތާޙްކޮށްދެއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
ދޮށީ އުމުރުގެ މީހުންނާބެހޭ ޤައުމީ އެކްޝަން ޕްލޭން މެޑަމް ފަޒްނާ އިފްތިތާޙްކޮށްދެއްވައިފި

ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

މެޑަމް ފަޒްނާ މި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ، ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކުރުމާއި ޤައުމީ މާމަ، ކާފަ ދުވަސް އިޢުލާންކުރުމުގެ ގޮތުން މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ޖަލްސާގައެވެ. ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭނަކީ ދޮށީ އުމުރުގެ މީހުންނާބެހޭ ޤައުމީ ސިޔާސަތުގައި އެކުލެވޭ ކަންކަން ތަންފިޒުކުރުމަށްޓަކައި އެކުލަވާލެވުނު އެކްޝަން ޕްލޭނެކެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއިން އިންތިޒާމުކޮށްގެން ބޭއްވި މި ޖަލްސާގައި އެވުޒާރާއިން ވަނީ ޤައުމީ މާމަ، ކާފައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަސްކަމުގައި އިޢުލާނުކުރައްވައި އަންނަ އަހަރުން ފެށިގެން އެދުވަސް ފާހަގަކުރަމުން ގެންދަވާނެކަން އިޢުލާނު ކުރައްވާފައެވެ. ޤައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ޤައުމަށާއި އެމީހުންގެ އާއިލާއަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމެވެ.

މިއަދު އޮންލައިން