ސީއެސްސީ މެމަބަރުންގެ މައްސަލަތަކެއް ބަލަނީ

ކިޔުމަށް ހޭދަވާނީ 51ސ
ސީއެސްސީ މެމަބަރުންގެ މައްސަލަތަކެއް ބަލަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުންގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފި އެވެ.

އެއީ ކޮން މައްސަލަތަކެއް ކަން އެ ކޮމިޓީން އަދި ހާމަ ކޮށްފައި ނެތް ނަމަވެސް މެމްބަރުންނާ ގުޅޭ ގޮތުން ބަލާ މައްސަލަތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮންނަ ސަބް ކޮމިޓީ ތިނެއްގެ ބައްދަލުވުމެއް އިއްޔެ ބޭއްވިކަން އެނގިފައިވެއެވެ.

ސީއެސްސީގެ ފަސް މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާ އާއި އިބްރާހިމް ޝަހީގާއި ޒަކަރިއްޔާ ހުސެއިނެވެ.

މި މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ކުރިން ނިންމި އެވެ. އެއީ، އިލްމީ އަދި ގާބިލް މީހުންގެ ބަދަލުގައި ޝަރުތު ހަމަނުވާ ބަޔަކު ސިވިލް ސާވިސްގެ އެކި މަގާމުތަކަށް ހަމަޖައްސާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އެކަން ބެލުމަށް ކަމަށެވެ.

މިއަދު އޮންލައިން