އިއްޔެ އަކީ ހިބްރޮންގައި ދިރިއުޅޭ ފަލަސްޠީން ކިޔަވާކުދިން ކަރުނަ ގޭހުން ފޯކޮށްލި ދުވަހެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ވަނީ ފުލުފުލުގައި 6 "ކެނިސްޓަރ" ކަރުނަ ގޭސް އެކުދިންގެ ގައަށް ޖަހައިފައެވެ.

މީގެ އިތުރުން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ވަނީ 10 ދަރިންގެ މަންމައަކު ގެއަށް ވަނުން މަނާކޮށްފައެވެ. ސަބަބަކަށް ދެއްކީ އޭނާގެ އަތުގައި އިރުމަތީ ޖެރޫސަލަމްގެ އައިޑީ ކާޑެއް އޮތުމެވެ.