ފިރިހެން ހެދުން އަޅައިގެން ސްޓޭޑިއަމަކަށް ވަންނަން އުޅުނު އަންހެނަކު އަމިއްލައަށް ގައިގަ ރޯކޮށްލައިގެން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ފިރިހެން ހެދުން އަޅައިގެން ސްޓޭޑިއަމަކަށް ވަންނަން އުޅުނު އަންހެނަކު އަމިއްލައަށް ގައިގަ ރޯކޮށްލައިގެން މަރުވެއްޖެ

ފިރިހެން ހެދުން އަޅައިގެން އީރާނުގެ ސްޓޭޑިއަމަކަށް ވަންނަން އުޅުނު އަންހެނަކު އަމިއްލައަށް ގައިގައި އަލިފާން ރޯކޮށްލައިގެން މަރުވެއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުން 30 އަހަރުގެ މި އަންހެން ކުއްޖާއަކީ ފުޓްބޯޅަށް ވަރަށް ލޯބިކުރާ ކުއްޖެއެވެ.

އޭނާ ގައިގައި ރޯކޮށްލީ ކޯޓަށް ގެންދިއުމުން 6 މަސް ދުވަހަށް ޖަލަށް ލައިފާނެ ކަމުގެ ބިރަށް ކަމަށް ބުނެއެވެ. އީރާނުގައި 1979 ވަނަ އަހަރުން ފެށިގެން ފިރިހެނުން ފުޓްބޯޅަކުޅޭއިރު އަންހެނުން ސްޓޭޑިއަމްތަކަށް ވަނުމަކީ މަނާ ކަމެކެވެ. ނަމަވެސް ފީފާއިން ބާރު އެޅުމުން އޮކްޓޯބަރު މަހު ކުޅޭ ކުޅޭ ވޯލްޑް ކަޕް ކޮލިފައިންގ މެޗްތަކުން ފެށިގެން އަންހެނުންނަށް ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ދޭނެ ކަމަށް އީރާނުގެ ސްޕޯޓްސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ބްލޫ ގާރލް"ގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ ސަހަރު ޚޮދިޔާރީ އަކީ އިސްތިޤްލާލް ކްލަބުގެ ވަރަށް ވަރުގަދަ ސަޕޯޓަރެކެވެ.

މިއަދު އޮންލައިން