ކޮންމެ ސަރުކާރަކުން ވެސް ކުރާ ކަމަކީ ޓެކްސްއަށް ދައްކާ ފައިސާއިން ވައްކަން ކުރުން! އެޅޭ ފިޔަވަޅެއް ނެތް!: ޝިޔާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކޮންމެ ސަރުކާރަކުން ވެސް ކުރާ ކަމަކީ ޓެކްސްއަށް ދައްކާ ފައިސާއިން ވައްކަން ކުރުން! އެޅޭ ފިޔަވަޅެއް ނެތް!: ޝިޔާމް

ފާއިތުވި 25 އަަހރު ދުވަހަށް ބެލި ނަމަވެސް ރާއްޖޭގެ ވެރިކަން ކުރާ ސަރުކާރުތަކުން ކުރާ ކަމަކީ ރައްޔިތުން ޓެކްސްއއަށް ދައްކާ ފައިސާއިން ވައްކަންކުރުން ކަމަށާއި އެކަން ހުއްޓުވަން މިހައި ތަނަށްވެސް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށް މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ޝިޔާމް މިއަދު ވިދާޅުވީ އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓުތައް ދައުލަތުގެ މުއައްސަސާތަކަށް ލިބޭ ކަމަށާއި ފާހަގަކުރާ މައްސަލަތައްވެސް އެނގޭ ކަމަށެވެ. ނަމަވެސް ވައްކަންކޮށްފައި ހުންނަ ފައިސާ އަނބުރައި ދައުލަތަށް ހޯދަން މިހައިތަނަށް ކުރީ ކޮން ކަމެއްތޯ ސުވާލު ކުރައްވާ ކަމަށެވެ.

"ކިތައް މިލިއަން ބިލިއަން ރުފިޔާގެ ވާހަކަތައް އެކި ސަރުކާރުތަކުގަ ފެންމަތިވެފައިވޭތޯ؟ އެ މައްސަލަތައް ވަރަށް ތަފްޞީލުކޮށް އޮޑިޓް ރިޕޯޓުގައި ހިމަނާފައި ހުރިކަން ޚުދު މަނިކުފާނަށް ވެސް ފެނިވަޑައިގަންނަވާނެ. ނަމަވެސް އޮޑިޓް ރިޕޯޓަކަށް ފިޔަވަޅު އަޅައި ވަގަށް ނަގާފައިވާ ހޯދަން މަސައްކަތްކުރީ ކޮން މުއައްސަސާތަކުންތޯ؟ ދުވަހަކުވެސް ނެތް." ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުން މަޖިލީހަށް މެންބަރުން ޢައްޔަނުކުރަނީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރަން ކަމަށާއި ވައްކަން ކުރަން ފުރުޞަތު ދޭން ނޫންކަމަށެވެ. ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން ހުއްޓުވަން ރައްޔިތުން ބޭނުންވާ ކަމަށެވެ.

މިއަދު އޮންލައިން