އެސްބީއައިއަށް ޓީ-ބިލުގެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކުގެ އެއްވެސް ބައިވެރިވުމެއް ނެތް: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އެސްބީއައިއަށް ޓީ-ބިލުގެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކުގެ އެއްވެސް ބައިވެރިވުމެއް ނެތް: ބީއެމްއެލް

ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓީ-ބިލުގެ ފަހު 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

މި ފައިސާ ދެއްކުމަށްޓަކައި ބީއެމްއެލް މެދުވެރިކޮށް ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދިން ކަމަށާއި، އޭގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން ވަނީ މުޅިން ދޮގުކޮށްފައެވެ.

މާލީ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެސްބީއައިއަށް ދެއްކި ފައިސާއަކީ ސަރުކާރުގެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) މެދުވެރިކޮށް ހަމަޖައްސާފައިވާ ފައިސާއެކެވެ.

މީގެއިތުރުން، މި ދަރަނި އަދާކުރުމަށްޓަކައި ބޭންކުގައިވާ ކަސްޓަމަރުންގެ އެއްވެސް ޑިޕޮސިޓެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

މިއަދު އޮންލައިން