މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ މިންވަރު 3 ގުނައަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ މިންވަރު 3 ގުނައަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

2033 ވަނަ އަހަރުގެ ކުރިން މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ މިންވަރު ތިންގުނައަށް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީސް ނިންމުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި 250 މިލިއަން ރުފިޔާ މިހާރު ވަނީ އެއްކޮށް ޚަލާސްކޮށްފައެވެ. އަދި މިހާތަނަށް މަސްވެރިންނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެއިތުރުން، މަސްވެރިން ކިރާ މަހަށް ފައިސާ ދިނުމުގައި ހުރި ދަތިތައް ހައްލުކޮށް، މިހާރު 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތާއި، އެކި އަތޮޅުތަކުގައި ފަސޭހަކަމާއެކު މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށްގެންދަވާ ކަމަށެވެ.

މިއަދު އޮންލައިން