ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރުވާ މިންވަރު ވަނީ %33.33 (ތިންބައިކުޅަ އެއްބައި) އިތުރުވެފައެވެ. އަދި އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިޔަން ޑޮލަރު ބޭންކުން ވިއްކަމުންދާ ކަމަށާއި، ބީއެމްއެލް މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އެ ބޭންކުން ފާހަގަކުރެއެވެ.
ބޭންކުން ބުނެފައިވާ ގޮތުގައި މި ނިސްބަތުން ޑޮލަރު ވިއްކުން ކުރިއަށްދާނަމަ، މިއަހަރު ނިމެންވާއިރަށް ބޭންކުން ވިއްކާ ޑޮލަރުގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 1 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.