ކުރިއަށް އޮތް ހަފުތާ ނިމުމުގެ ކުރިން ޑޮލަރު ޓްރާންސްފަރތައް އާންމު ހާލަތަށް ގެނެވޭނެ: ބީއެމްއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ކުރިއަށް އޮތް ހަފުތާ ނިމުމުގެ ކުރިން ޑޮލަރު ޓްރާންސްފަރތައް އާންމު ހާލަތަށް ގެނެވޭނެ: ބީއެމްއެލް

ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރު ޓްރާންސްފަރތަކަށް ހޭދަވާ ވަގުތު އާންމު ހާލަތަށް ގެނެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، ޑޮލަރު ބޭރުވާ ނިސްބަތް އިތުރުވުމާ ގުޅިގެން ޓީޓީ ހެދުމާއި ބޭންކުތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް ފާއިތުވި ދުވަސްތަކުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. ނަމަވެސް، އީ-ކޮމާސް ލިމިޓުކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދިނުމަށް އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ މުއާމަލާތްތައް މިހާރު ވަނީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ބޭންކުން ވަނީ 653 މިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 33.33 އިންސައްތަ އިތުރު އަދަދެކެވެ.

ބޭންކުން އިތުރަށް ލަފާކުރާ ގޮތުގައި، މި ނިސްބަތުން ޑޮލަރުގެ މުއާމަލާތްތައް ކުރިއަށްދާނަމަ، މިއަހަރު ނިމޭއިރު ވިއްކާ ޑޮލަރުގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 1 ބިލިޔަން ޑޮލަރަށް އަރާނެއެވެ.

މިއަދު އޮންލައިން