1.34 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަވައި، ޤައުމުގެ އިޤްތިޞާދު ރައީސް ސަލާމަތްކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
1.34 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަވައި، ޤައުމުގެ އިޤްތިޞާދު ރައީސް ސަލާމަތްކޮށްދެއްވައިފި

ދާދިފަހުން ސަރުކާރުން ދެއްކި 50 މިލިއަން ޑޮލަރުގެ ލޯނާއެކު، މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މުޅި ޖުމްލަ 1.34 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައިދީ، ޤައުމުގެ އިޤްތިޞާދު ވެއްޓިފައިއޮތް ނުރައްކާތެރި އަނދަވަޅުން ސަލާމަތްކޮށްދީފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވަމުން ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުން މި ދައްކައި ޚަލާޞްކުރަމުންދަނީ ނިމިދިޔަ ސަރުކާރުތަކުން އެކި ނަންނަމުގައި ނަގާފައިވާ ބޮޑެތި ލޯނުތައް ކަމަށެވެ. އަދި މި ލޯނުތަކާއެކު ރަހުނުކޮށްފައި ހުރި ރައްޔިތުންގެ އެތައް ހަރުމުދަލެއްވެސް މިހާރު ވަނީ ސަރުކާރުން ސަލާމަތްކޮށްދީފައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ އިޤްތިޞާދީ ގޮތުން ޤައުމަށް ކުރިމަތިވެފައިވާ މިފަދަ އެތައް ގޮންޖެހުންތަކެއް ޙިކުމަތްތެރިކަމާއެކު ޙައްލުކުރައްވަމުން ކަމަށެވެ.

މީގެއިތުރުން، ސަރުކާރުގެ އަމާޒަކީ ދަރަނިތައް ނުދެއްކި ޤައުމު އިޤްތިޞާދީ ނުރައްކަލެއްގެ ތެރެއަށް ވެއްޓުނުނުދީ، ރައްޔިތުންގެ ހަރުމުދާ ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ކުރިއަށް މަރުޙަލާއަށް ގެންދިއުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން