އަލިފުށީ ތަރައްޤީގެ ތަސައްވަރު ރައީސް އާއި ޙިއްޞާ ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަލިފުށީ ތަރައްޤީގެ ތަސައްވަރު ރައީސް އާއި ޙިއްޞާ ކުރައްވައިފި

މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މިއަދު ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ ތަޞައްވަރު ޙިއްޞާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އަލިފުށީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ރަށާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ޕްރޮޖެކްޓްތަކާއި ސީއެމްބިއުލަންސް ފަދަ ޚިދުމަތްތައް އަލުން ފެށުމާއި ރަށުގައި ސިނާޢީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތަކާ ގުޅޭ މައްސަލަތައް ހިމެނެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަލިފުށީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ސީއެމްބިއުލަންސްގެ މައްސަލަ ވީ އެންމެ އަވަހަކަށް ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި ، މިހާރު ކުރިޔަށްދާ ޤައުމީ މާސްޓަރ ޕްލޭންގެ މަސައްކަތް ނިމޭމިއިރު ބޮޑެތި މަޝްރޫޢުތައް ކުރިޔަށްގެންދާނެ ގޮތްތަކެއް ކަނޑައެޅިގެންދާނެކަމަށާއި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

 

މިއަދު އޮންލައިން