ހައްޖު ކޯޕަރޭޝަނަށް އަލަށް ލިބުނު ހައްޖު ކޯޓާގެ ޖާގައަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ހައްޖު ކޯޕަރޭޝަނަށް އަލަށް ލިބުނު ހައްޖު ކޯޓާގެ ޖާގައަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވާ އިތުރު ކޯޓާގެ ޖާގަ އަށް ކުރިމަތިލުމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ ކޯޓާ އިން ޖާގަ ލިބިފައިވާ މީހުން، އެތަނުގެ އޮފީހަށް ގޮސް، "ހައްޖަށް ވަޑައިގަތުމުގެ ދައުވަތު" ނަގައި، މުއްދަތު ހަމަވާ ތާރީޚުގެ ކުރިން އެ އަށް ޖަވާބު ދިނުމަށެވެ.

މިހާތަނަށް 377 މީހަކު ކުރިމަތިލާފައިވާއިރު ޖާގަތަކަށް ކުރިމަތިލާފައިވާ އެ އެންމެންގެ އައިޑީކާޑު ނަމްބަރު ހިމެނޭ ލިސްޓެއް ހައްޖު ކޯޕަރޭޝަނުން ވަނީ އިއުލާންކޮށްފައެވެ.

 މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފަސް ގްރޫޕަކަށް ހުއްދަދީފައެވެ.

 

 

މިއަދު އޮންލައިން