މިއަހަރުގެ މިހައިތަނަށް 1.1 ބިލިއަން ރުފިޔާގެ އަގުހުރި 36 މަޝްރޫޢުގައި ސަރުކާރުން ސޮއިކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މިއަހަރުގެ މިހައިތަނަށް 1.1 ބިލިއަން ރުފިޔާގެ އަގުހުރި 36 މަޝްރޫޢުގައި ސަރުކާރުން ސޮއިކޮށްފި

މިއަހަރުގެ މިހައިތަނަށް 1.1 ބިލިއަން ރުފިޔާގެ އަގުހުރި 36 މަޝްރޫޢުގައި ފަރުކާރުން ސޮއިކޮށްފައިވާ ކަމަށް ޕްލާނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

މަޖިލީހުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެއީ "ފެނުގެ 3 މަޝްރޫޢެއް. ނަރުދަމާގެ 1 މަޝްރޫޢު، ފެނާއި ނަރުދަމާގެ 11 މަޝްރޫޢު، މަގުހެދުމުގެ 7 މަޝްރޫޢު، ބަނދަރު ހެދުމުގެ 14 މަޝްރޫޢު ގައި އަޅުގަނޑުމެން މިހާތަނަށް ސޮއިކޮށްފިން. ސޮއިކުރެވުނު ކޮންޓްރެކްޓުތަކުގެ ޖުމުލަ ވެލިއުއަކީ 1.1 ބިލިއަން ރުފިޔާ." ކަމަށެވެ 

އަސަލަމް ވިދާޅުވީ މީގެ އިތުރުން މިހާރުވެސް 41  މަޝްރޫޢެއްގެ މަސައްކަތް ހަވާލުކުރުމަށް ކޮންޓްރެކްޓަރުންނާއި ނެގޯޝިއޭޓުކުރައްވަމުން އެބަ ގެންދެވޭ ކަމަށެވެ. 

"ޓެންޑަރުގައި އެބަވޭ، 20 ޕްރޮޖެކްޓެއްގެ މަސައްކަތް. ޑޯނަރ ފަންޑިންގައި ޕައިޕްލައިންގައި މަސައްކަތް އެބަ ހިނގާ. ޑޯނަރ ފަންޑިންގައި ޕްރޮސެސް ތަންކޮޅެއް ތަފާތު އާއްމު ޓެންޑަރިންގ އުސޫލާ. 39 މަސައްކަތެއް އެބަދޭ. އަޅުގަނޑު އުއްމީދުކުރަނީ ހުށަހަޅާފައި، ބަޖެޓުގައި ލާފައި ހުރި މަސައްކަތް ހަމަ އެއްވެސް މަސައްކަތެއް އަޅުގަނޑުމެން ނުފައްޓާ، ނުދާނެ ކަމަށް."

އަސަލަމް ވިދާޅުވީ މިއަހަރު ފަށަން ބަޖެޓުކޮށްފައި ހުރި ބައެއް މަޝްރޫޢުތައް ބަޖެޓުގައި ހިމަނާފައިވަނީ ބަޖެޓުގައި ވަރަށް ކުޑަ އަދަދެއްގެ ފައިސާ ހިމެނުމަށްފަހު ކަމަށެވެ. އެހެންކަމުން އެފަދަ މަޝްރޫޢުތައް ފެށޭނީ އަންނަ އަހަރުގެ މަޖެޓުގައި ހިމަނައިގެން ފިނޭންސް ހަމަޖެއްސޭނެ ގޮތަށް މިއަހަރުގެ ފަހުކޮޅުގައި ކަމަށެވެ. 

މިއަދު އޮންލައިން