އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ތަފްސީލު ރިޕޯޓެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ހުށަހެޅި ރިޕޯޓް ލިބިވަޑައިގެންފައިވާކަމަށް ރައިސް ވިދާޅުވި ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވި ޑރ. އަފްރާޝީމް މައްސަލައިގައި ވަރަށް ތަފްސީލު ރިޕޯޓެއް ލިބިފައި އެބައޮތް ކަމަށާއި ހަމަ އެއާއެކު ރިލްވާން މައްސަލައިގައި ވެސް ރިޕޯޓެއް އައިސްފައިވާކަމަށެވެ
އެހެންނަމަވެސް އެ ރިޕޯޓްތަކާގުޅޭ ތަފްސީލެއް ރައީސް ނުދެއްވައެވެ.