ރާއްޖޭގަ ހުޅުވާ ރިޒޯޓަކަށް 450 މީހުން ހޯދަން އިއުލާނުކުރުމުން ކުރިމަތިލީ އެންމެ 24 މީހުން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖޭގަ ހުޅުވާ ރިޒޯޓަކަށް 450 މީހުން ހޯދަން އިއުލާނުކުރުމުން ކުރިމަތިލީ އެންމެ 24 މީހުން: ރައީސް

ރާއްޖޭގަ ހުޅުވާ ރިޒޯޓަކަށް 450 މީހުން ހޯދަން އިއުލާނުކުރުމުން ކުރިމަތިލީ އެންމެ 42 މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ "އަޅުގަނޑާ މިދޭތެރެއިން ދިމާވި ރާއްޖޭގައި އިންވެސްޓުކޮށްގެން އުޅޭ ބޭރުގެ އިންވެސްޓަރަކާ. އޭނަ ބުނި ތިމަންނަ ރިސޯޓު ހުޅުވަންވެގެން މިހާރު އިއުލާނުކޮށްފީމޭ 450 ވަޒީފާއަށް. ރާއްޖެއިން ކުރިމަތިލީ އެންމެ 42 ފަރަތާތެކޭ. ބޭރުން އެބައޮތޭ 20،000 މީހުން ކުރިމަލާފައި،" ކަމަށެވެ.

މިވާހަކައިން ދޭހަވަނީ ރާއްޖޭގައި ވަޒީފާ ތަކަށް، ހާއްސަކޮށް ޓޫރިޒަމް ދާއިރާ އަށް މީހުން ނެރުމުގައި ދަތިތައް އެބަހުރިކަން ކަމަށާއި އެހެންނޫނީ އެވާހަކައިން ދޭހަވަނީ، އެދާއިރާ އަށް ޓްރެއިން ވެފައި ތިބި ބަޔަކު ނެތްކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ޓޫރިޒަމްގެ ދާއިރާއިން މިއަހަރުގެ މިހާތަނަށް 17،000 ވަޒީފާ އުފެދިއްޖެކަމަށާއި މިއަހަރުގެ މިހާތަނަށް ރާއްޖޭގައި 12 ރިސޯޓު ހުޅުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން