ނޮވެމްބަރު 3 ގައި ދިން އުދުވާނީ ހަމަ ދިނުމުގައި އެންމެ އިސްކޮށް ހުރި ހ. ހާޖަރާގޭ ޢަބްދުﷲ ލުޠްފީ އަކީ އެންމެ ބޮޑު ޚާއިނުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން ޝައިޚް ޝަފީޢް ޢަބްދުﷲ އެކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާކުރައްވައިފިއެވެ.
"ޝުކުރިއްޔާ ރައީސް އިބޫ، އެންމެ ބޮޑު ޚާއިނާ ދެކޮޅަށް ތިއަ ވިދާޅުވި ބަސްފުޅުތަކަށް. އެމްޑީޕީ ޕާލިމެންޓު މެމްބަރުންގެ ތެރެއިން މިޚާއިނުގެ ދިފާޢުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ގޮވާލަން.!"
މަރަދޫ ދާއިރާގެ މެންބަރު ޝަރީފް ވެސް ވިދާޅުވީ ލުޠްފީގެ ތަޙްޤީޤްގައި އޭނާއަށް އަނިޔާ ކުރި ކަމަށާއި ތަޙްޤީޤްކުރީ އިންޞާފުންވެސް ނޫން ކަމަށެވެ. މިމޭރުމުން ޝަރީފް ވިދާޅުވިއިރު ލުޠްފީ ޕްލޮޓު ޖަމާއަތުގެ ޓެރަރިސްޓުން ގޮވައިގެން ހަތިޔާރާއިއެކު މާލެ އަރައި 19 މީހުން ޝަހީދުކޮށް އެތައް ބައަކު އިންތިހާއަށް ބޮޑަށް ޒަޚަމް ކޮށްލުން ޝަރީފަށް ޤަބޫލުކުރެވިފައި އެވަނީ ލުޠްފީ އިންސާނިއްޔަތަށް ކުރި މަތިވެރި ޚިދުމަތެއްގެ ގޮތުގައެވެ. އަދި ލުޠްފީ އެކަންކަން ކުރީ ކީރިތި ޤްރްއާނާއި ރާއްޖޭގެ ޤާނޫނު އަސާސީ އާއި އެއްގޮތަށް ހަމަ އާއި އިންޞާފުން ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެންމެ ބޮޑު ޚާއިނުގެ ގޮތުގައި ފާހަގަކުރެއްވި ލުޠްފީ އަކީ ޤައުމީ ބަޠޮލެއްގެ ގޮތުގައި ސިފަކޮށް އޭނާ ހިންގި ބޮޑެތި ޖަރީމާތަކަކީ ޤައުމީ ޖިހާދެއް ކަމުގައި ދައްކުވަން ވެސް ގިނަ ބައަކު ގެންދަނީ މަސައްކަތްކުރަމުންނެވެ.
...ޝުކުރިއްޔާ ރައީސް އިބޫ، އެންމެ ބޮޑު ޚާއިނާ ދެކޮޅަށް ތިޔަ ވިދާޅުވި ބަސްފުޅުތަކަށް.
— Shafeeu Abdullah (@shafeeu26) July 4, 2019
އެމްޑީޕީ ޕާލިމެންޓު މެމްބަރުންގެ ތެރެއިން މިޚާއިނުގެ ދިފާޢުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ގޮވާލަން...