ހ. ހާޖަރާގޭ ޢަބްދުﷲ ލުޠްފީ އަކީ ރާއްޖޭގެ ފަހޖުގެ ތާރީޚުން ފެނުނު އެންމެ ބޮޑު ޚާއިން ކަމަށާއި މަޢާފް ނުދެއްވާނެ ކަމަށް އަދި ލުޠްފީ ވީހައި އަވަހަކަށް މާލެ ގެންނަވައި ޙުކުމް ތަންފީޒުކުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ލުޠްފީ ދިވަހި އެމަބަސީ އާއި ހަވާލު ތާރީޚު ރައީސް ނަޝީދު ހާމަކުރެއްވީ ރަނގަޅަށް ނޫންކަން ވެސް ހާމަ ކުރައްވައިފައެވެ. "ލުޠްފީ އެމްބަސީއަށް ގޮސް ހަވާލުވީ 1 މޭގަ. އެދުވަހުން ފެށިގެން އޭނާ އެހެރީ އެމްބަސީއަކު ނޫން. ފުލުހުންގެ ބެލުމުގެދަށުގަ.!"
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ލުޠްފީ ނުގެނެވި ލަސްވަނީ ލަންކާ އޭޖީ އޮފީހުގެ ކްލިއަރެންސް ނުލިބިގެން ކަމަށެވެ. "އޭޖީ އޮފީހުން ލަސްކުރަމުން އައީ ސީއައިޑީ ގެ ކްލިއަރެންސް ނުލިބިގެން. ލުޠްފީ އިއްޔެ ވަނީ ސީއައިޑީ އަށް ޙާޒިރުކޮށް ބަޔާން ނަގައިފަ. ސީއައިޑީ މިހާރު ވަނީ ކްލިއަރެންސް ދީފަ."
ރައީސް އިބްރަހީމް މުޙައްމަދު ޞާލިހް ވިދާޅުވީ ލުޠްފީ ގެންނަން 2.7 މިލިއަން ރުފިޔާ ދައްކަން ނުޖެހޭ ކަމަށާއި ޖުރުމަނާގެ ގޮތުގައި ދައްކަން ޖެހެނީ 3000 ޑޮލަރު ކަމަށެވެ. "ލުޠްފީ އަތުގަ އެއްވެސް ފައިސާއެއް ހުރި ކަމަކަށް އޭނާ އެއް ނުބުނޭ.، އެހެންވީމާ އެ ޖުރުމަނާ ދައްކައި އޭނާގެ ޓިކެޓް ނަގައިގެން ރާއްޖެ ގެންނާނީ ސަރުކާރުން." ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.