މިއަހަރު ހައްޖަށް މީހުން ފޮނުވަން އިތުރު 1000 ހައްޖު ކޯޓާ ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަހަރުގެ ޙައްޖު ކޯޓާ ދޫކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާފައި ނެތް ކަމަށް އޭސީސީ އިން މިއަދު ހާމަކުރި ނަމަވެސް ދެފުށް ފެންނަ ގޮތަށް އެކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެއް އެބަ ހުރި ކަމަށާއި އެކަންކަން މިހާރު ވާނީ އިސްލާމިކް މިނިސްޓްރީ އާއި ހިއްޞާކުރައްވާފައި ކަމަށެވެ.
އިތުރު 1000 ކޯޓާ މިހައި އަވަހަށް ހަމަޖެހުމުން އެ ޖާގައަށް މީހުން ހަމަ ޖައްސަން ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެއެވެ. މިދިއަ އަހަރުވެސް ޖާގަ ލިބުނު ނަމަވެސް ގިނަ ބައަކަށް ނުދެވުނީ އެކަށީގެންވާ ފުރުޞަތު ނުލިބުމުންނެވެ.