ސަރުކާރު ކުންފުނިތަކުގެ އަހަރީ ބޯނަސް ދިނުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި

ކިޔުމަށް ހޭދަވާނީ 50ސ
ސަރުކާރު ކުންފުނިތަކުގެ އަހަރީ ބޯނަސް ދިނުމުގެ އުސޫލަށް ބޮޑު ބަދަލެއް ގެނެސްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަހަރީ ބޯނަސް ދިނުމުގެ އުސޫލަށް މިނިސްޓްރީ އޮފް ފިނޭންސުން ބޮޑު ބަދަލެއް ގެނެސްފިއެވެ.

 

އެމިނިސްޓްރީން ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަހަރީ ބޯނަސް ދިނުމަށް ބަދަލުތަކެއް ގެނައީ، ސަރުކާރަށް ޑިވިޑެންޑް ދައްކަން ބާރު އެޅުމުގެ ގޮތުންނާއި އަދި، ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުމުގައި އެއް މިންގަނޑެއް ގެންގުޅުމަށް ކަމަށެވެ.

 

އެގޮތުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ކުންފުނީގެ މަގްސަދުތައް ހާސިލް ކުރުމަށް ހުރިހާ ފަރާތްތަކަކުން އެއް މިސްރާބަކަށް މަސައްކަތް ކުރުމަށް ބާރު އެޅުމަކީ ވެސް އެއުސޫލުގެ އެއް ބޭނުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

 

ބޯނަސްގެ ގޮތުގައި ދިނުމަށް ހުށަހަޅާ އަދަދަކީ ކުންފުނިން އެއަހަރަށް ޑިކްލެއާ ކުރާ ޑިވިޑެންޑްގެ ތިން ޕަސެންޓަށް ވުރެ ބޮޑު އަދަދަކަށް ވެގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

 

މިއަދު އޮންލައިން