"ވަލީ ވެރިޔާ ވަލީ ނުދީފިނަމަ، އެ ނިދިން ސަބަބަށް ބަލައި، އެއީ މަޤްބޫލް ސަބަބެއް ނޫން ކަމަށް ފެންނަ ހިނދެއްގައި ޙާކިމާގެ ވަލީއަށް ކައިވެނިކުރެވިދާނެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ ޙާކިމާ ވަލީ ދޭންޖެހޭނީ ވަލީ ވެރިޔާ ވަލީ ނުދިން ސަބަބަކީ މަޤްބޫލް ސަބަބެއް ނޫން ކަމަށް ފެނިއްޖެ ހިނދެއްގައި ކަމެވެ. ހަމައެއާއިއެކު މަޤްބޫލް ސަބަބެއް ނެތި ވަލީ ނުދީ ހިފެހެއްޓުމެއް ނެތް ކަމާއި މަޤްބޫލް ސަބަބެއް އޮވެގެން ވަލީ ނުދީ ހިފަހައްޓައިފިނަމަ އޮތީ އެކަން ޤަބޫލުކުރުންކަން ވެސް މިބަސްފުޅުން އެނގިގެންދެއެވެ.