އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ހެލްތު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ހެލްތު

އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާކަމަށް ހެލްތު މިނިސްޓްރީ ބުނެފިއެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންފްލުއެންޒާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާ ކަމަށާއި މި ދުވަސްވަރު އެންމެ ގިނައިން ފެތުރެމުން އަންނަނީ އިންފްލުއެންޒާ ބީ ކަމަށެވެ.

މިދުވަސްވަރު އަރިދަފުސް ރޯގާ ޖެހިންގެން ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން އައިޖީއެމްޗްގައި ފުލޫ ކުލިނިކެއް ހުޅުވައި 24 ގަޑިއިރު ޚިދުމަތްދޭން ވަނީ ފަށައިފައެވެ.

އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކަށް ވާތީ، ބަލިން ރައްކާތެރިވުމުމުގެ ފިޔަވަޅުތައް އެޅުމަށް އެ މިނިސްޓްރީ އިން އިލްތިމާޒް ކުރެއެވެ.

މިއަދު އޮންލައިން