ކިތަންމެ ގިނަ ބައަކު ހަސަދަވެރިވި ނަމަވެސް ކަންބޮޑުވުމެއް ނެތް! ތިބާއަށް ﷲ ދެއްވަވާ އެއްވެސް ނިޢްމަތެއް މަދެއް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކިތަންމެ ގިނަ ބައަކު ހަސަދަވެރިވި ނަމަވެސް ކަންބޮޑުވުމެއް ނެތް! ތިބާއަށް ﷲ ދެއްވަވާ އެއްވެސް ނިޢްމަތެއް މަދެއް ނުވާނެ!: މުފްތީ މެންކް

ގިނަ ބައަކު ރުޅިއަންނާތީ ނުވަތަ ހަސަދަވެރިވެގެން އުޅޭތީ ބައެއް މީހުން ކަންބޮޑުވެގެން އުޅެއެވެ. ނަމަވެސް އެއީ އެއްވެސް މީހަކު އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެހެނީ ކިތަންމެ ގިނަ ބައަކު ރުޅި އައި ނަމަވެސް އަދި ހަސަދަވެރިވީ ނަމަވެސް ތިބާއަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް އެއްވެސް ވަރަކަށް މަދެއް ނުވާނެއެވެ. ވާނީ އިތުރެވެ. ކުރާނީ ފައިދާއެވެ. 

ފައިދާ ކުރާނެ ކަމަށް މިބުނަނީ ހަސަދަވެރިވެ ހިތް ނުބައިކުރިވަރަކަށް އެކަމުން ތިބާއަށް ލިބޭނެ ސަވާބު އިތުރުވާނެތީއެވެ. ޤިޔާމަތް ދުވަހުން އެމީހާގެ ހެޔޮ އަމަލުތަކުން ތިބާއަށް ފައިދާލކުރާނެތީއެވެ. ވީމާ މީހަކު ނުވަތަ ބައަކު ހަސަދަވެރިވެ ނުބައި ބަސް ބުނާތީ ނުވަތަ ގެއްލުންދޭން މަސައްކަތްކުރާތީ ކަންބޮޑުވުމެއް ނެތެވެ. 

ނަމަވެސް އެކަން އެގޮތަށް މެދުވެރިވާނީ ތިބާ ހުރީ ޙައްޤު ގޮތުގައި ކަމަށްވާނަމައެވެ. ވީމާ އެންމެ މުހިންމު ކަމަކީ ތިމާ ޙައްޤު ގޮތުގައި ހުރުމެވެ. ތިމާ ޙައްޤު ގޮތުގައި ހުރިނަމަ އެކަން އެމީހަކަށް އެނގޭނެއެވެ. ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. 

ބުއްދި އާއި ޢިލްމާއި ﷲ ތައާލާ ދެއްވެވީ އެއިގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށެވެ. ވީމާ ބޭކާރު ކަންކަމަށް ވިސްނައި ފިކުރުކުރަން ވަގުތުތައް ނަގައިނުލާށެވެ! ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކުރާށެވެ! ﷲ ތައާލާ އެންގެވި އެންގެވުންތަކާއިމެދު ވިސްނައިފިކުރުކުރާށެވެ! ﷲ ތައާލާގެ ލޯބި ހޯދަން މަސައްކަތްކުރާށެވެ. ﷲ ތައާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން ދުނިޔޭގައި ވެސް ދާނީ ކުރިއެރުން ލިބެމުންނެވެ. އާޚިރަތުގައިވެސް ކާމިޔާބު މިންވަރުފުލު ކުރައްވަވާނެތެވެ! އިން ޝާ ﷲ!

 

- މުފްތި މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން