ދަނގެތި ދާއިރާގެ ރަށްތަކަށް ކުރިމަތިވެފައިވާ ނަރުދަމާ އާއި ބަނދަރުގެ ދަތިކަމުގެ މައްސަލަތަކާއި ގުޅޭ ގޮތުން ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިން، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
ދައިރާގެ ރަށްތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ކާނަލް ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ކާނަލް ނާޒިމް ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެކެވެ.
ކާނަލް ނާޒިމް އަކީ ޖޭޕީގެ ޕީޖީ ގްރޫޕުގެ ނައިބް ލީޑަރެވެ.
A meeting was held with minister of @PlanningMV to discuss the progress of the sewerage, habour development & share concerns on other infrastructure development projects in the islands of constituency. pic.twitter.com/hP3mnn5n2S
— Mohamed Nazim (@nazim7878) July 1, 2019