ރައީސް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ރައީސް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެވަޑައިގެންފިއެވެ.

ރައީސް ރާޖަޕަކްސަ އެއާޕޯޓުން ރިޒޯޓަކަށް ވަޑައިގަންނަވަން ސީޕްލޭނަށް އަރާވަޑައިގަންވާ ވީޑިއޯއެއް ޢާންމުފަރާތަކުން ވަނީ ޢާންމުކޮށްފައެވެ.

ރާޖަޕަކްސެގެ ދަރިކަލުންވެސް ވަނީ ވަރަށް ފަހުން ރާއްޖެވަޑައިގެންފައެވެ. ރައީސް ރާޖަޕަކްސަ ވެސް ވަނީ މީގެކުރިންވެސް ވަރަށް ގިނަ ފަހަރު ރާއްޖެވަޑައިގެންފައެވެ. 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގެ އެންމެ ހޫނު ދުވަސްވަރު ރާއްޖޭގެ މަޝްރަޙް ފިނިކުރެއްވުމަށްވެސް ރައީސް ރާޖަޕަކްސަ ވަނީ ރާއްޖެވަޑައިގެން މަސައްކަތްޕުޅުތަކެއް ކޮށްދެއްވައިފައެވެ.

މަހިންދަ ރާޖަޕަކްސަ އަކީ އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ނަމަވެސް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ތާއީދު ހޯއްދަވައިގެން ހުންނެވި ރައީސެކެވެ.

މިއަދު އޮންލައިން