ބާ ކައުންސިލްގެ ރައީސް ކަމަށް ހުސްނުއްސުއޫދު ވާދަ ކުރައްވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ބާ ކައުންސިލްގެ ރައީސް ކަމަށް ހުސްނުއްސުއޫދު ވާދަ ކުރައްވަނީ!

ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވާދަ ކުރައްވަން ނިންމައިފިއެވެ.

ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބާ ކައުންސިލްގެ ރައީސް ކަމަށް އޭނާ ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. 

ސުއޫދު މިހާރު ގެންދަވަނީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސްކަމުގެ މަގާމް އަދާކުރައްވަމުންނެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. މިކޮމެޓީގެ އިންތިޚާބު މިމަހު 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

 

މިއަދު އޮންލައިން