ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ކުރީސަރުކާރުގެ ބައެއް މަޝްރޫއު ވަނީ މަޑުޖައްސާލާފަ: އިކޮނޮމިކް މިނިސްޓަރ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ކުރީސަރުކާރުގެ ބައެއް މަޝްރޫއު ވަނީ މަޑުޖައްސާލާފަ: އިކޮނޮމިކް މިނިސްޓަރ

ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބައެއް މަޝްރޫއުތައް ވަނީ މަޑުޖައްސާލާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެންވިދާޅުވީ ރައީސް އޮފީހުގައި އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ބައެއް މަޝްރޫއުތައް މިހާރު މަޑުޖައްސާލާފައިވާކަމަށާއި އެ ފިޔަވަޅު އަޅާފައި ވަނީ ސަރުކާރުގެ މާސްޓާ ޕްލޭނާ ދިމާވޭތޯ ބެލުމަށާއި އަދި މަޝްރޫއުތަކުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ކަމަށެވެ. އަދި މިއީ ތަރައްގީގެ މަޝްރޫއުތައް ލަސްވާ ސަބަބެއް ކަމަށެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ މަޝްރޫއުތައް ހިންގުން ލަސްވި ނަމަވެސް ކަންކަން ކުރާނީ ޕްލޭނިިން މިނިސްޓްރީން ތައްޔާރު ކުރާ މާސްޓާ ޕްލޭނާ އެއްގޮތަށްކަމަށާއި ބިޔަ މަޝްރޫއުތައް ރާއްޖެ ގެނައުމުގެ ބަދަލުގައި ރައްޔިތުންގެ ޖީބަށް ފަސޭހަ އިން ފައިސާ ވަންނަ ކަންތައްތަކެއް ކުރުމަށް ސަރުކާރުން އިސްކަންދެއްވާކަމަށެވެ. 

 

މިއަދު އޮންލައިން