ޔުނިވަރސިޓީތަކަށް ޢައްޔަނުކުރައްވާ ޗާންސެލަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވެއްޖެ ނަމަ ވަކިކުރެވޭ ބޭފުޅުންވުން މުހިންމު: ޑރ. ޢައިޝަތު ޢަލީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޔުނިވަރސިޓީތަކަށް ޢައްޔަނުކުރައްވާ ޗާންސެލަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވެއްޖެ ނަމަ ވަކިކުރެވޭ ބޭފުޅުންވުން މުހިންމު: ޑރ. ޢައިޝަތު ޢަލީ

ޔުނިވަރސިޓީތަކަށް ޢައްޔަނުކުރައްވާ ޗާންސެލަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވެއްޖެ ނަމަ ވަކިކުރެވޭ ބޭފުޅުންވުން މުހިންމު ކަމަށް ތައުލީމީ ވަޒީރު ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖެޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ޚިޔާލުހޯދުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާ، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވިދާޅުވީ ޝާންސެލަރު ކަމުގެ މުއްދަތަކީ 5 އަހަރު ކަމަށް ޤާނޫނުގައި ލިޔެފިނަމަ އެބޭފުޅެއްގެ އަމަލުފުޅުތައް ހުންނަ ގޮތަކުން ނުވަތަ ދިމާވާ ކަމަކާއި ގުޅިގެން ވަކިކުރަން ޖެހޭ ޙާލަތުގައި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. އަދި މިހާރުވެސް އެފަދަ ބައެއް މައްސަލަތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

ކޮމިޓީގެ މެންބަރުން ވަނީ ދެ ޔުނިވަރސިޓީގެ ޤާނޫނުވެސް އިޞްލާޙްކުރާނީ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ.

މިއަދު އޮންލައިން