ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ހ. ހާޖަރާގޭ ޢަބްދުﷲ ލުޠްފީ ރާއްޖެ ގެނެސް ޖަލަށް ލާން ޖެހެނީ ޤާނޫނީ ޙުކޫމަތު ނެގެހެއްޓުމަށްޓަކައި ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަފީޢް ވިދާޅުވީ އެކަން ކުރަން ޖެހެނީ ޢާއިލީ މީހުންނާއި، އެކުވެރިން ޤާނޫނަށްވުރެ މަތި ނުވާނެކަން އެންގުމަށް ކމަށާއި ދެން ތިބީންނަށް އިންޒާރެއްގެ ގޮތުން ކަމަށެވެ. އަދި ލުޠްފީގެ މައްޗަށް ކޮށްފައިވާ އަސްލު ޙުކުމަކީ، މަރަން ކުރި ޙުކުމެއް ކަމަށެވެ.
ޤާނޫނީ ޙުކޫމަތު ނެގެހެއްޓުމަށްޓަކައި އެކަން ކުރަން ޖެހެނީ... ޢާއިލީ މީހުންނާއި، އެކުވެރިން ޤާނޫނަށްވުރެ މަތި ނުވާނެކަން އެންގުމަށް އެކަން ކުރަން ޖެހެނީ... ދެން ތިބީންނަށް އިންޒާރެއްގެ ގޮތުން އެކަން ކުރަން ޖެހެނީ... އަސްލު ޙުކުމަކީ، މަރަން ކުރި ޙުކުމެއް.https://t.co/PQXw4zVfyW
— Shafeeu Abdullah (@shafeeu26) June 29, 2019