އެމްޑަބްލިޔޫއެސްސީގެ އަންހެން މުވައްޒިފުންނަށް ވިހެއުމުން ގޭގައި ތިބެގެން 1 އަހަރު ދުވަހު މަސައްކަތްކުރެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖައްސައިދީފައި ކަމަށް ކުންފުނީގެ އެމްޑީ ޢާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ކުންފުންޏަށް 24 އަހަރު ފުރުން ފާހަގަކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް ޢާޒިމް ވިދާޅުވީ ކުންފުނީގެ މުވައްޒިފުން ބިނާކުރުމަށްޓަކައި "ނެކްސްޓް ޖެނެރޭޝަން ލީޑަރޝިޕް ޕްރޮގްރާމް" މިހާރު ވާނީ ފަށްޓަވާފައި ކަމަށެވެ. "އަންހެން މުވައްޒިފުންނަށް ވިހެއުމުން މިހާރު 6 މަސް ދުވަހުގެ މެޓަރނިޓީ ލީވް އަދި ފިރިހެން މުވައްޒިފުންނަށް 1 މަސް ދުވަހުގެ ލީވް މިހާރު ލިބޭނެ."
އާދަމް ޢާޒިމް ވިދާޅުވީ މިކަމުގެ ބޭނުމަކީ އަނހެން މުވައްޒިފުންނަށް ވެސް ހަމަހަމަ ފުރުޞަތުތައް ދިނުމާއިއެކު ޢާއިލާއަށް ސަމާލުކަން ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. ކުންފުނީގެ މުވައްޒިފުންނަށް ދެންވެސް ކޮށްދެވެން ހުރި ކަންކަން ކޮށްދޭން މިދަނީ މަސައްކަތް ކުރަމުންނެވެ. އަދި މުވައްޒިފުންގެ ކިބައިން އެދިވަޑައިގަންވަނީ މަސައްކަތް ދުވަހުން ދުވަހަށް ނިންމާފައި ގެއަށް ދިއުމަށް ކަމަށެވެ.
އާދަމް ޢާޒިމް ވިދާޅުވީ ކުރިއަރާފައިވާ ޤައުމުތަކުގައި މުވައްޒިފުން މަސައްކަތް ކުރަނީ 27 ގަދިއިރާއި 33 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި ކަމަށާއި އަޅުގަނޑުމެންގެ އަމާޒަކަށްވެސް ވާނަ ޖެހޭނީ އެފަދަ ގޮތަކަށް މަސައްކަތް ކުރުން ކަމަށެވެ. "އެއްވެސް ކަސްޓަމަރަކު ޚީދުމަތަކަށް އެދިއްޖެ ނަމަ އެކަސްޓަމަރެއްގެ އަތުގައި ހިފައިގެން ތިބެ އެޚިދުމަތެއް ފޯރުކޮށްދީ ނިންމައިލުމަކީ އަލުގަނޑުގެ ވަރަށް ބޮޑު އެދުމެއް."
ރޭގެ ހަފްލާގައި ވަނީ ކުންފުންޏަށް ޚިދުމަތްކޮށްފައިވާ މުވައްޒިފުންގެ އަގު ވަޒަންކޮށްފައެވެ. އަދި ޙައްޖަށް ފޮނުވަން ހަމަޖެހިފައިވާ މީހުންނަށް އެކަމުގެ ލިޔުންވެސް ހަވާލުކޮށްފައެވެ.