އިތުރު މުންކަރާތްތައް ރާއްޖެއަށް ތައާރަފްކުރަން މަސައްކަތް ނުކުރުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އިތުރު މުންކަރާތްތައް ރާއްޖެއަށް ތައާރަފްކުރަން މަސައްކަތް ނުކުރުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި

މާތް ﷲ އަށް ތެދުވެރިވުމަށް، މާތް ﷲ ގަންދީ ހުވާކޮށްގެން މަޤާމާއި ހަވާލުވުމަށްފަހު، އިސްލާމް ދީން ކަނޑައެޅިގެން މަނާކުރާ ނަޖިސް މުޑުދާރު ކަންކަން ރާއްޖެއަށް ތަޢާރަފްކޮށް ގެނެސްގަންނަން އެއްވެސް (މަޖިލިސް) މެންބަރަކު އުޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

ޝައިޚް ޢަލީ ޒައިދު ވަނީ އެފަދަ ގޮތްތަކަށް އަމަލުކުރާ މީހުން މާތް ﷲ އަށް ބިރުވެތިވުމަށް ވެސް އިލްތިމާސްކުރައްވައިފައެވެ. 

ޝައިޚް ޢަލީ ޒައިދު މިފަދަ އިލްތިމާސެއް ކުރައްވާފައި ވަނީ މަޖްލިސް މެންބަރަކު، ރާއްޖޭގައި ޖުވާކުޅުން ހުއްދަކުރަން މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވަމުން އަންނަކަމަށް މީޑިއާގައި ހާމަކުރުމާއި ގުޅިގެންނެވެ.

މިއަދު އޮންލައިން