ކުށުގެ ވެށީގަ އުޅޭ ކުދިން މަރުކަޒުކުރާނެ ޚާއްޞަ ވަސީލަތެއް ޤާއިމުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކުށުގެ ވެށީގަ އުޅޭ ކުދިން މަރުކަޒުކުރާނެ ޚާއްޞަ ވަސީލަތެއް ޤާއިމުކުރަނީ!

ކުށުގެ ވެށީގަ އުޅޭ ކުދިން މަރުކަޒުކުރާނެ ޚާއްޞަ ވަސީލަތެއް އަދި ޤާއިމުކުރެވިފައި ނެތް ކަމަށާއި އެފަދަ ވަސީލަތެއް ޤާއިމުކުރަން މަސައްކަތްކުރަމުން ގެންދާ ކަމަށް ފެމިލީ އެންޑް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފެ ވިދާޅުވެއްޖެއެވެ.

 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިދާތާ މިއަދު ވިދާޅުވީ ކުޑަކުދިންގެ ހިޔާއަކީ ކުށުގެ ވެށީގައި އުޅޭ ކުދިން ބަނދުކޮށްފައި ބެއިތިއްބޭނެ ވަސީލަތެއް ނޫން ކަމަށެވެ. އެތަން ފަރުމާ ކުރެވިފައި ހުރީވެސް އެފަދަ ގޮތަކަށް ނޫން ކަމަށެވެ. އަދި ހިޔާގެ މުވައްޒިފުން ތަމްރީނުކޮސްފައިވަނީވެސް އެފަދަ ގޮތަކަށް ނޫން ކަމަށެވެ.

 

ޝިދާތާ ވިދާޅުވީ ކުށުގެވެށީގައި އުޅޭ ކުދިންނަށް ރައްކައުތެރިކަން ފޯރުކޮށްދޭނެ ޚާއްޞަ މަރުކަޒެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށާއި އެ މަރުކަޒުގައި އެފަދަ ކުދިން ބެލެހެއްޓޭނެ ވަސީލަތްތައް ފުރިހަމަކުރާނެ ކަމަށެވެ.

 

ދައުލަތުގައި މިފަދަ ވަސީލަތެއް އަދި ނެތުމުން ފުލުހުން އަމިއްލައަށް އިސްނަގައިގެން ފޭދޫފިނޮޅުގައި ވަނީ އެފަދަ ކުދިން ބަލަހައްޓައިފައެވެ. އަދި ދ.ވާނީގައި ވެސް ވަނީ އެފަދަ ކުދިން އިޞްލާޙް ކުރުމުގެ މަސައްކަތްކޮށްފައެވެ. ފުލުހުންގެ ޚިދުމަތް ތަޢާރަފްވުމުގެ ކުރިން ވިއްސިވިހާލިވެ ކުށުގެ މާހައުލުގައި އުޅޭ ކުދިން އިޞްލާޙްކުރުމުގެ މަސައްކަތް ކޮށްދީފައިވަނީ ސިފައިންނެވެ. އެހެންކަމުން ސަރުކާރުން ކުރަން ބޭނުންވެއްޖެނަމަ އެފަދަ ކުދިން ބެލެހެއްޓުމަކީ މިހާރުން މިހާރަށްވެސް ކުރެވޭނެ ކަމެއްކަން ފާހަގަކުރެވެއެވެ.

 

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ހުރިހާވެސް މައްސަލައަކީ ޤާނޫނުތައް ހަދައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރިއިރު ކުށްކުރާ ކުދިން ބެލެހެއްޓޭނެ އެއްވެސް އިންތިޒާމެއް ދައުލަތުން ހަމަޖައްސާފައި ނެތުމެވެ.

 

މިއަދު އޮންލައިން